ކ. ކާށިދޫއަށް ދަތުރު ކުރި ބޯޓެއް ކާށިދޫގެ ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ މާލެއިން ފުރައިގެން ކާށިދުއަށް ދަތުރުކުރި ފައިސަލާ ބޯޓު، ކާށިދޫގެ ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
އެ ބޯޓުން 11 މީހުން ދަތުރުކުރި ކަމަށާއި ފުލުހުން ހަރަކާތްތެރިވެ، އޭގެތެރެއިން 10 މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
އަދި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް