ކަނޑުވި ހިޖުރަވެރިން ހޯދުމުގެ މަސައްކަތް މެލޭޝިއާއިން ފުޅާކޮށްފިއެވެ.
މެލޭޝިއާގެ އައްސޭރިފަށާ ދިމާލުން ދަތުރުކުރި ރޮހިންޔާގެ ހިޖުރަވެރިން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލާފައިވާ އިރު، އޭގެން ދަތުރުކުރި ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ކަނޑުވި މީހުން ހޯދުމަށް މެލޭޝިއާގެ ކޯސްޓްގާޑުން ވަނީ ބޯޓު އަޑިޔަށް ދިޔަ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް 21 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މެލޭޝިއާ އާއި ތައިލެންޑު ގުޅޭ ކަނޑުގެ ސަރަހައްދުން ބަންޑުން ޖަހާލި އެ ބޯޓުން ގެއްލުނު މީހުންގެ ތެރެއިން ފެނިފައިވާ 21 މީހުންގެ ތެެރެއިން 12 މީހުން ފެނިފައިވަނީ މެލޭޝިއާގެ އައްސޭރިފަށުން ކަމަށާއި އަނެއް ނުވަ މީހުން ފެނިފައިވަނީ ތައިލެންޑުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ސަލާމަތްވެފައެވެ.
ގެއްލިފައިވަނީ ކިތައް މީހުން ކަމެއް ކަށަވަރު ވެފައިނުވާ އިރު، ބޯޓުން ދަތުރުކުރި މީހުން ތިބީ ލައިފްޖެކެޓުވެސް ނުލާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ،
އޮފިޝަލުން ބުނީ މީގެ ދެ ހަފުތާ ކުރިން ރޮހިންޔާއިން ފުރައިގެން އެތައް ސަތޭކަ ބަޔަކު ދަތުރުކުރަން ފެށި ކަމަށާއި ބަންޑުން ޖަހާލި ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް ޔަގީން ނުވާ ކަމަށެވެ.
މުހައްމަދު އައުޒަމް
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ