ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ކާރެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ތަޅައިގެން ދިޔަ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ބްލޫލޫން، މާލެ، މުހައްމަދު ޖައުޝަން (29އ) އަދި މ. ފަންއަރި، މާލެ، އަހްމަދު އައުސަމް ހަނީފް (26އ) އެވެ.
އޭގެ ތެރެއިން ކާރު ދުއްވަން ހުރީ މުހައްމަދު ޖައުޝަންއެވެ. އަހުމަދު އައުސަމް ހަނީފު ހުރީ ކާރުގެ ކުރީ ސީޓުގައެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުން ކަމަށެވެ. ދެމީހުން ހައްޔަރުކުރިއިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް