މިޔަންމާގެ ހިޖުރަވެރިން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައިފިއެވެ.
ރިޕޯޓުތަކުން ވަނީ މިޔަންމާއަށް ނިސްބަތްވާ ހިޖުރަވެރިން ދަތުރުކުރި ބޯޓު ބަންޑުން ޖަހާލާފައިވަނީ މެލޭޝިއާގެ އައްސޭރިފަށާ ދުރު ނޫން ހިސާބަކުން ކަމަށް ފާހަގަކޮށްފައެވެ.
ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ހަތް މީހަކު މަރުވެފައިވާ އިރު، އެ ހަތް މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް މެލޭޝިއާގެ އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނީ އެ ބޯޓުން ދިޔައީ ގަވާއިދާ ހިލާފަށް ހިޖުރަ ކުރި ބައެއް ކަމަށާއި އެމީހުންގެ އަތުން އެއްވެސް ލިޔެކިޔުމެއް ހޯދިފައިނުވާ ކަމަށެވެ. އޮފިޝަލުން ވަނީ ހިޖުރަވެރިން ދަތުުރުކުރަމުން ގެންދިޔައީ 300 މީހުން އެކި ބޯޓުތަކަށް ބަހާލައިގެން ކަމަށް ބުނެފައެވެ.
މެލޭޝިއާގެ ފުލުހުން ބުނެފައިވާގޮތުގައި އެ ގައުމުގެ ލަންގްކަވީ ސަރަހައްދަށް ބަންޑުން ޖަހާލާފައިވަނީ 90 މީހުން ދަތުރުކުރި ބޯޓެކެވެ.
މުހައްމަދު އައުޒަމް
މިޔަންމާ
މިޔަންމާ
މިޔަންމާ
މިޔަންމާ