އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހަމަދު ސަލީމް އަދި ނާއިބު މުގައްރިރަކަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބުކޮށްފިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ގައެވެ.
މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމުން ދިރާސާ ކުރުމަށް ވަނީ ބަޖެޓް ކޮމިޓީއަށް ފޮނުވައިފައެވެ.
ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން، މަޖިލިސް ގަވާއިދު ބުނާގޮތުން އެ ބަޖެޓު ދިރާސާކުރާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ނަމަކީ ބަޖެޓު ދިރާސާކުރާ ކޮމިޓީއެވެ.
އެގޮތުން މިއަދު ބޭއްވި ބަޖެޓް ކޮމީޓީގެ ފުރަތަމަ ބައްދަލުވުމުގައި، މުގަައްރިރާއި ނާއިބު މުގައްރިރު ހޮވުމުގެ އިތުރުން، ވޯކިން ކޯރަމާއި ވޯޓިން ކޯރަމާއި ކޮމިޓީން މަސައްކަތް ނިންމާނެ ސުންގަޑި ވަނީ ފާސްކޮށްފައެވެ.
އެގޮތުން 22 މެންބަރުން ތިއްބަވާ މި ކޮމިޓީގެ ވޯކިން ކޯރަމާއި ވޯޓިން ކޯރަމަކީ 12 ކަމަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން ކޮމިޓީގެ މަސައްކަތް ނިންމާ ސުންގަޑިއެއްގެ ގޮތުގައި މިމަހުގެ 19 ވަނަ ދުވަސް ވަނީ ކަނޑައަޅައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އިބްރާހިމް ޒަކީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ