ތޫފާނުގައި ފިލިޕީންސް އިން މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.
ފިލިޕީންސްގެ މެދުތެރޭ ސެބޫ ޕްރޮވިންސަށް އެރި ކަލްމައޭގި ނަމުން ނަން ދީފައިވާ އެ ތޫފާން އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
އޮފިޝަލުން ބުނީ ތޫފާން އެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށެވެ.
ތޫފާންގައި ފެންބޮޑުވުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މިހާތަނަށް 35 މީހެއްގެ ހަށިގަނޑު ހޯދައިފައިވާ އިރު، ގެއްލިފައިވާ މީހުންގެ ސީދާ އަދަދު ސާފު ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
ސެބޫ އާއި އަވައްތެރި ސަރަހައްދުތަކަށްވެސް ތޫފާނުގެ އަސަރުކޮށްފައިވާ އިރު، އެ ސަރަހައްދުތަކުން ވެސް ގިނަ ބަޔަކު ގެއްލިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނީ ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތަކުގައި ތިބި މީހުންނަށް އެހީވުމަށް އެ ސަރަހައްދަށް ދަތުރުކުރި ރެސްކިއު ހެލިކޮޕްޓަރެއް ވެސް ވެއްޓިފައިވާ ކަމަށާއި އޭގެން ދަތުރުކުރި ހަ މީހުން ވެސް މަރުވެފައިވާ ކަމަށެވެ.
މުހައްމަދު އައުޒަމް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް