ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކަށް އަލުން ކުރިމަތިލުމަށް ހުޅުވާލިކަމަށް ބުނެ ސްކޭމް ލިންކުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ، އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ފޭސްބުކުގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ސްކޭމަރުން ސައްހަ ނޫން ބޯހިޔާވަހިކަމުގެ އިއުލާންތައް (ފޯމުތައް ބާތިލުކޮށްފައިވާކަމަށް ނުވަތަ އެޕްލިކޭޝަން އަލުން ހުށަހެޅުމަށް) ހުޅުވާލާފައިވާ ކަމަށް ބުނެ އެކި ފަރާތްތަކަށް ލިންކުތައް ފޮނުވައިގެން ޖީމެއިލް އެކްސެސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންވެ ރައްކާތެރިކަމެއްގެ ގޮތުން ލިންކުތަކަށް ނުފިތުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. ގެދޮރުވެރިޔާ ފުލެޓާ ގުޅޭ ކަންކަމުގެ ރަސްމީ ވެބްސައިޓަކީ https://gedhoruverin.gov.mv/ ކަމަށެވެ.
ބޭންކުތަކުން އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޯޓީޕީ ހޯދުމަށް އެއްވެސް ފަރާތަކަށް ނުގުޅާނެކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖީމެއިލް އަދި ބޭންކިން އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އެކްޓިވޭޓް ކުރުމަށް އެދޭކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް