ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިފަހަރު 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށާއި މިހާރު ގެނެސްފައިވާ ބަދަލާ އެކު އިތުރު ގަޑީގެ ފައިސާ ވެސް ގިނައިން ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވާނެއެވެ.
އެކަމަށް އިޝާރަތް ކުރައްވައި ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ކޮށްފައިވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށާއި އަދި މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލުތައް ލިބިގެންދާ ގޮތަށް ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދަނީ ދެ އަހަރަށް ބަހާލައިގެން ކަމަށާއި މުސާރަ ބޮޑު ނުވާ ތަންތަނުގެ ޕޭ ހާމަނައިޒް ކުރުން އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ޖުޑީޝަރީ އާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން ބޮޑުވާނެ ކަމަށާއި 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ކުރުމާއެކު އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި އެގޮތުން އެންމެ ކުޑަ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000 ރުފިޔާ އަށްވުރެ ބޮޑު މުސާރައެއް ލިބޭނެ ކަމަށެވެ. އަދި މީގެ ފަހުން މިނިމަމް ވޭޖަށްވުރެ ބޮޑު އަދަދެއް ހުރިހާ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިން ހުރި ކަންބޮޑުވުންތަކަށް ބޮޑެތި ހައްލުތަކެއް ގެނެސްދީފައިވާނެ ކަމަށާއި އެގޮތުން އިތުރު ގަޑީގެ 10 ޕަސެންޓްގެ ކެޕް ހަމަވާ މައްސަލައަށް ހައްލު ގެނެސްދީފައިވާނެ ކަމަށެވެ.
"މިހާރު އިތުރު ގަޑީގެ ކެޕް އެޕްލައިނުވާ ދުވަސްތަކެއް ކަނޑައެޅިގެން މިދިޔައީ. އެއީ ރޯދަ މަހުގެ ފަހު 10 އެއްގައި ބަންދުވާ ހުރިހާ ދުވަހެއް. ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމަކުން ބަންދު ކުރާ ހުރިހާ ދުވަހެއް، އަދި ވަޒީފާއާ ބެހޭ ގާނޫނުގައި ބަންދު ދުވަސް ކަމަށް ބުނެފައިވާ ހުރިހާ ދުވަހެއް، އޭގެ ތެރޭގައި ހުކުރު ދުވަސް ހިމެނޭ. މިކަހަލަ ހުރިހާ ދުވަހެއްގައި މި 10 ޕަސެންޓެއް އެޕްލައި ނުވާނެ، އިތުރު ގަޑީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގެ ރުފިޔާ ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ބަދަލާ އެކު އިތުރު ގަޑީގެ ކެޕް ހަމަވާނީ ވަރަށް ވެސް މަދު ހާލަތެއްގައި ކަމަށާއި އެ ހާލަތްތަކުގައި ވެސް އަމަލު ކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާނެ ކަމަށެވެ.
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
އުފަލުން ތިބޭ ޖެހޭތާ ޖެހޭނީ.
ކަބަލުން - 8 މަސް ކުރިން
އިތުރު ވެހިކަލްތައް ޓޯ ކޮށްގެންނާ ޖުރުމާނާ ކޮށްގެން މިބައި ކަވަރު ކުރާނެ.
ނުރަބޯ - 8 މަސް ކުރިން