އިންޑިއާ އަކީ ދުނިޔޭގެ ސުޕަޕަވާއެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިންޑިއާގެ އެންޑީޓީވީ އަށް އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑެން ސާރް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއާއި އިސްރާއީލުގެ ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވާ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްރާއީލާއި އިންޑިއާއާ ދެމެދު ޑިފެންސް ކަންކަމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރު ވަނީ އިންޑިއާ އަކީ މިހާރު ދުނިޔޭގެ ސުޕަ ޕަވާއެއް ކަމަށާއި ދެ ގައުމު ގުޅިގެން ޑިފެންސުގެ އިތުރުން ވިޔަފާރީގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރު ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ހަމާސް އިން ދިން ކުއްލި ހަމަލާގެ މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެގެން ދިޔައީ އިސްރާއީލުގެ ބޮޑުވަޒީރާއި ފޯނުން ގުޅުއްވި ފުރަތަމަ ލީޑަރު ކަމަށް ފާހަގަކުރައްވައިފައެވެ.
މުހައްމަދު އައުޒަމް
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު