ފުލުހަކު ހިމެނޭ ގޮތަށް ބަނގުރަލާއެކު ކ. ތުލުސްދޫ ގެސްޓްހައުސްއަކުން ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ފުލުސް މީހާ ހިމެނޭހެން ތުލުސްދޫ ގެސްޓްހައުސްއަކުން ހަތް މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 17 ގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ގެސްޓްހައުސް ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލިލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެކެވެ.
އޭގެ ތެރެއިން ފުލުހަކީ، ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެން ބަޝީރެވެ.
ފުލުހުން ބުނީ، އެ އެންމެންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ޚޮއްމެނުބައިކަމެއްކުރަން ދެމީހުންކުރެއެކަކީ ފުލުހެއް)
އިއްބެ - 8 މަސް ކުރިން