ގިނަ ބެލެނިވެރިންނަކީ އެމީހުންގެ ދަރީން ގިނަ ވަގުތު އުނގެނުމުގެ ތެރޭގައި ގެންގުޅެން ބޭނުންވާ ފަރާތްތަކެވެ. އެހެންކަމުން އެންމެ ތުއްތު އިރުއްސުރެ އަކުރު އުނގަންނައިދީ ދަސްކޮށްދިނުމަށް ބެލެނިވެރީން ޚާއްސަ ސަމާލުކަމެއް ދެއެވެ.

ފާތިމަތު ލީނާގެ ދެ ވަނަ ދަރިފުޅު އުފަންވުމުން އޭނާ ބޭނުންވީ ފަސޭހައިން ހަލާކު ނުވާނެ އެއްޗެއް ދަރިފުޅުގެ އަކުރު ފަރިތަކުރާ ދައުރުގައި ބޭނުންކުރުމަށެވެ. އުނގެނުމަށާއި އުނގަންނައިދިނުމަށް ފަސޭހަ އެއްޗެެކެވެ. ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަހަލަ އެއްޗެކެވެ. ހަލާކު ނުވެ ފަސޭހައިން ބޭރަށްވެސް ގެންދެވޭނެ ކަހަލަ އެއްޗެކެވެ.

ލީނާ "ވަން"އަށް ދިން އިންޓަވިއުގައި ބުނީ ފިލައިން ތައްޔާރުކޮށްލެވޭ އެއްޗެއް އުފެއްދުމަށް ޝައުގު އުފެދުނީ އެހައި ހިސާބުން ކަމަށެވެ.

2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް

"އެއީ އަޅުގަނޑުގެ ބޯއީ، ސެކަންްޑް ކިޑަށް ކިޔަވައިދޭންވެގެން ކުރި މަސައްކަތެއް. ކާޑު ނޫނީ ލެމިނޭޓު ކުރި އެއްޗެއްހިވެސް ކިޑްސްވީމަ ހަލާކުކުރާނެއެއްނު، އެެހެންވީމަ ޕާމަނަންޓް ސޮއިލުޝަނެއް ހޯދަން ވިސްނާފަ ހިތަށްއެރީ ވުޑުން ޓްރައިކުރަންވީއޭ." އޭނާ ބުންޏެވެ.

މި ވިސްނުމާއެކު ލީނާ ފެށީ ލަކުޑިން ތައްޔާރުކުރާ ރީތި އަކުރުތަކެއްގެ މަސައްކަތެވެ.

"މަގޭ ރަންކޮޅު" ނަން ދޭން ހިޔާލުއައީ އެ ދަރިފުޅަށް ލޯބިން "މަގޭ ރަންކޮޅު" ކިޔާތީ ކަމަށް ލީނާ ބުންޏެވެ.

މި މަސައްކަތުގައި 6 އަހަރު ހޭދަކުރިއިރު، ވަގުތު ހުސްކުރުމަކީ އުނދަގޫ ކަމެކެވެ. ދުވާލުގެ ވަގުތުތަކުގައި ކުދީންނާއި ގޭތެރޭގެ ބުރަ މަސައްކަތަކެވެ. މެންދުރުފަހު ވަގުތަކީ މި މަސައްކަތް (ރަންކޮޅުގެ ތަކެތި ތައްޔާރުކުރަން ހުސްކުރާ) ގަޑިތަކެވެ.

2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް
2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް

ކިތަންމެ ބިޒީ ވިޔަސް، ލީނާ އެ ކަމަށް ވަގުތު ހުސްކުރެއެވެ. ރޭގަނޑުވެސް ބައެއް ވަގުތުތައް މި މަސައްކަތަށް ހޭދަވާ ކަމަށް އޭނާ ބުންޏެވެ.

"އާންމުކޮށް ހެނދުނު ގަޑީގައި ކުދީންގެ ކަންތަކާ އުޅެނީ. ދެން މެންދުރުފަހާއި ރޭގަނޑާއެއްކޮށް އުޅޭނީ ވޯކްގައި. ގިނައިން އޯޑަރު ލިބޭނަމަ ހަަޒްބަންޑްވެސް ކިޑްވެސް އެހީވާނެ." އޭނާ ބުންޏެވެ.

މި މަސައްކަތަކީ ފެށިއިރުވެސް ރަޖިސްޓްރީކޮށްގެން ކުރިޔަށްގެންދާ މަސައްކަތެއް ކަމަށް ލީނާ ބުންޏެވެ. އެހެންކަމުން، މިހާރު އެކަމުގައި ހަވަނަ އަހަރު ގުނަމުންދާއިރު މުޅީންވެސް އެ ވިޔަފާރީގެ މުއާމަލާތްތައް ކުރަނީ އޮންލައިން އޯޑަރުތަކުންނެވެ.

މި ތަކެތީގެ އަގުތަކަށް ބަލާއިރު ފުރަތަމަ އަކުރު ދަސްކުރާ މަރުހަލަގެ ކާޑުތައް ލިބެނީ 200 ރުފިޔާއިން 230 ރުފިޔާއާ ދެމެދުއެވެ. ޕަޒްލްސްގެ ތިން ބަހުގެ ވައްތަރުތައް ލިބެއެވެ. އެއީ ދިވެހި އިނގިރޭސި އަދި އަރަބި އަކުރު ތަކެވެ. އެ ތަކެތީގެ އަގުތަކަކީ 300 އިން 500 އާ ދެެމެދެވެ. އެއީ ކުލަޖައްސާފައި ހުންނަ އަކުރާއި ފިލިތަކާއި ކުލަނުޖަައްސައި ހުންނަ ސެޓްތަކެވެ.

"ކަލާސް އެންޑް ކަލާސްނޫން. ދެން އުޅޭނެ ފިލިދަސްކުރަން. އަރައްބާއި ތާނަފިލި. ބޮޑުކޮށް ހުންނާނީ. ދެން ވެއިޓްވެސް ވަރަށް ބަރުވާނެ. އޭތި އެއީ 800 ރުފިޔާ އަށް." ލިނާގެ މަސައްކަތުގެ އަގުތަކުގެ މައުލޫމާތު ހިއްސާ ކުރަމުން ބުންޏެވެ.

ބޯޓުތަަކަށާއި މާލެއާއި ހުޅުމާލެއަށް ޑެލިވަރީ ކުރާނަމަ ގަންނަން ބޭނުންވާ އެތީގެ އަގުގެ އިތުރުން 30 ރުފިޔާ ނަގައެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މި ވިޔަފާރީގެ ފިހާރައެއް މާލެއިން ފެނި، ގިނަ ބަޔަކަށް އިތުރަށް މި މަސައްކަތް ފެނުން ގާތް ކަމަށް ލިނާ ފާހަގަކުރިއެވެ. މާލޭ ގަލޮޅު މަދަރުސާ ކައިރިން ފިހާރައެއް ހުޅުވަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު މި ކައުންޓް ކުރަނީ 6 ވަނަ އަހަރު. އެއްވެސް ފިހާރައެއްގައި ނުހުންނާނެ. އޮންލައިންކޮށް ޕޭޖުން އެކަނި ލިބޭނީ. އެކަމަކު އިންޝާﷲ ވަރަށް އަވަހަށް ޝޯކޭސް ކުރަން ޝޮޕެއް ހުޅުވާނަން. ރެޑީކުރަމުން މިދަނީ. މާލޭ ގަލޮލު މަދަރުސާ ކައިރީގައި." ލީނާ ބުންޏެވެ.

2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް
2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް

މި ތަކެތި ތައްޔާރުކުރަނީ މާލެއިން ލިބެން ހުންނަ ފިލާ ގަނެގެންނެވެ. ކުލަ ޖައްސަނީ އަތުންނެވެ.

"ހޭންޑް ޕެއިންޓް އެއީ ވަރަށް ކަވި އެކަމަކު ވަރަށް ކުރާހިތްވާ މަސައްކަތެއް. ކުަލަޖައްސަން ކިތަންމެ އިރަކުސް އިނދެވިދާނެ." އޭނާ ބުންޏެވެ.

މި ސެޓް ލިބޭ ގިނަ ކުދީން އުފާވަނީ އެ ކުދީންގެ ނަން ޖަހާފައި ހުންނާތީ އެވެ. ރާއްޖޭގައި ލިބޭން ހުންނަ، ކުޑަކުދީންނަށް ހާއްސަ ކުޅޭތަކެއްޗަކީ ނުވަތަ ބަސްދަސްކުރާ ގިނަތަކެއްޗަކީ ރާއްޖެއިން ބޭރުގެ އުފެއްދުންތަކަށް ވާތީ އެތަކެތީގައި އެ ގޮތަށް ނަން ޖެހޭކަށް ނުހުރެއެވެ.

"ކޮންމެ ކުއްޖަކުވެސް ވަރަށް އުފާވެފައި ހުންނަނީ. އެކުއްޖާގެ ނަން އޮންނާތީ. އެއީ ކަސްޓަމައިޒް ކުރާތީވެ. ލީނާ ބުންޏެވެ.

ނަމަވެސް މި ސެޓްތަކަށް އޯޑަރު ކުރާ ބައެއް ފަރާތްތަކުން ނަން ނުޖަހައިވެސް ގެންދާ ކަމަށް ލީނާ ބުންޏެވެ. އެއީ ގިނަ ކުދީން ތިބޭ މީހުން އެގޮތަށް ބޭނުންވާތީއެވެ. ބައެއް ފަރާތްތަކުން ބުނަނީ އެއީ އެ މީހުންގެ ދަރީން ބޭނުންކޮށް ނިމުމުން އެހެން ކުއްޖަކަށް، އެ ސެޓްތައް ހަދިޔާ ކުރަން ބޭނުންވާތީ ކަމަށެވެ.

2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް
2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް

މިއީ ހަމައެކަނި އާންމުން ގަންނަ ސެޓްތަކެއް ނޫނެވެ. ސްކޫލުތަކުގެ ސެން ކުދީންނަށް ކިޔަވައިދިނުމަށްވެސް ފަސޭހަ އެއްޗެއް ކަމުން އެ ތަކެތި ގިނަ އަދަދަކަށް އޯޑަރަށް ތައްޔާރުކުރާކަމަށް ލީނާ ބުނެއެވެ.

މި މަސައްކަތަށް އެންމެ ގިނަ އޯޑަރު ލިބެނީ އަހަރުގެ ޗުއްޓީ ދުވަސްތަކުގައެވެ. އީދު ދުވަސްތަކުގައެވެ. ހާއްސަ އޮކޭޝަންތަކުގައެވެ.

"ސްކޫލަތުންވެސް ވަރަށް ނަގާނެ. ސެން ކްލާސްތަކަށް. ސްކޫލުގެ ނަންވެސް ޖަހާފަ ހުންނާނީ. ރެގިއުލާ ކަސްޓަމާސް ވެސް ތިބޭނެ. ފުރަތަަމަ ލެޓާސްއިން، ފިލި. އެކި ފަހަރު އެކި އެއްޗެހި. އައިސްދާނެ އަރަބި ފިލި ދެން ޕަޒްލް އަންނަ ދުވަސްކޮޅެއްވެސް ހިނގައިދާނެ. އެކި މީހުންނާ އެކި އޭޖާ ގުޅޭ އެއްޗެހި. އަހަރުގެ ވަކި ދުވަސްތަކަަށް ވެސް ގިނަ ވާނެ. ކޮންމެ އެކަޑަމިކް ދުވަސްކޮޅަކާ ކައިރިކޮށްފަ، އީދު އަންނަ ދުވަސްކޮޅުގައިވެސް ޑިމާންޑު ބޮޑުވާނެ." ލީނާ ބުންޏެވެ.

2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް
2 ނޮވެމްބަރު 2025: ފޮޓޯ/ "މަގޭ ރަންކޮޅު" އިންސްޓާގްރާމް ޕޭޖް

ލީނާގެ މި މަސައްކަތުގެ ތަނބަކީ އާއިލާ އެެވެ. ލޯބިވާ ކުދީންނެވެ. ހިންވަރުދީ އެއީތެރިވާ ފިރިމީހާ އެވެ. އަތްގާތްކޮށްދޭ ކޮއްކޮމެންނެވެ. ލީނާގެ ހިތްހަމަޖެހުމަކީ، ދިރިއުޅުމުގައި އުންމީދު ނުކުރާ މަސައްކަތަކުން ކުރިއެރުން ލިބި އެކަމުގެ އަލިމަގު ފެންނާތީއެވެ.

"އަމިއްލަ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ، ވިޔަފާރިއެއް ފެށުމުގެކުރިން ވިޔަފާރިއަކީ ކޮން އެއްޗެއްކަން ރަނގަޅަށް ދެނެގަންނާށޭ، އަދި ވިޔަފާރި ފެށުމަށް ބޭނުންވާ ފައިސާ ޖަމާކުރާށޭ. އެގޮތުން އެންމެފުރަތަމަ ތަނަކަށް ވަޒީފާއަށްގޮސް ކަންކަން ކުރާ ގޮތް ރަނގަޅަށް ދަސްކުރުމުން ވިޔަފާރީގެ ތެރެއަށް ވަނުމަށް ފަސޭހަވެ ވިޔަފާރި ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ." މިއީ މުސްތަގުބަލުގައި މި ކަހަަލަ މަސައްކަތެއް ފަށަން ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ކުދީންނާއި މީހުންނަށް ލީނާގެ ފަރާތުން ދޭން ބޭނުންވާ މެސެޖެކެވެ.

ލީނާގެ މަސައްކަތްތައް https://www.instagram.com/mageyrankolhu/ މި ލިންކަށް ފިތައިމުން ބަލައިލެވޭނެ އެވެ.