ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު މުދާ ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.
ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މަޝްވަރާތައް ފަށާފައިވަނީ ލަންކާގެ ރައީސް ރާއްޖެއަށް މިދިޔަ ޖުލައި މަހު ކުރެއްވި ދަތުރުފުޅުގައެވެ.
ލަންކާ ސަރުކާރުގެ ވިސްނުމަކީ މޭވާ އާއި ތަރުކާރީ ފަދަ ކާނާގެ ބާވަތްތައް ފަސޭހައިން ރާއްޖެ އަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް މި ފެރީގެ ހިދުމަތް މެދުވެރިކޮށް ގާއިމުކުރުން ކަމަށްވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
މި މަޝްވަރާތައް ފަށާފައިވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ، މިދިޔަ ޖުލައި މަހު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި އެ މަޝްވަރާތައް އަންނަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ކުރައްވަން ވިސްނަވާ ދަތުރުފުޅުގައިވެސް ކުރައްވާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިން އާ ދެމެދު ވެސް މުދާ އުފުލަން ފެރީގެ ނިޒާމެއް ކުރީގެ ސަރުކާރުގައި 2020 ވަނަ އަހަރު ފެށި އެވެ. ނަމަވެސް، އެ ހިދުމަތް 2022 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އޮތީ ހުއްޓިފައެވެ.
އަލީ ޔާމިން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ