ދިރާގު x އައިސިކް ކާޑަށް ސަބްސްކްރައިބް ކޮށްގެން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުން ބުނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު x އައިސިކް ކާޑަށް ސަބްސްކްރައިބް ކުރާ ކޮންމެ ދަރިވަރަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. އެ ކާޑަކީ، ދުނިޔޭގެ 130 އަށްވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000 އަށްވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބިގެންދާ ކާޑެކެވެ.

އޭގެ ތެރޭގައި ރާއްޖޭގެ 50 އަށްވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނެއެވެ. ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ އެ ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން އެ ހުރިހާ ފައިދާތަކެއް ލިބިގެންދާނެ ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ދަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.