އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 5.3 ޕަސަންޓުން ކުރިއަރާނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފަ އެވެ.
ބަޖެޓުގެ ތަފްސީލްުތައް މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް އިއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ބާރުވެ، 5.4 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެކަމަށް އަންދާޒާކުރެވޭއިރު އަންނަ އަހަރާއި 2028 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓްގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، އަންނަ އަހަރާއި މެދުރާސްތާގައިވެސް ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުން ހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް އަންނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ހަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވްރެޖްކޮށް އަހަރަކު 3.1 ޕަސެންޓުން ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ..
އަލީ ޔާމިން
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026