ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު އެކައުންޓުން މުއާމަލާތްކުރުމަށް ހާއްސަކޮށްގެން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން ބުނީ މި އާ ކާޑުން ކަސްޓަމަރުންނަށް ގްލޯބަލް ވިސާ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތްކުރެވޭ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބޭ ހާއްސަ އިނާޔަތް ލިބިގެންދާނެ ކަމަށެވެ. އެ ކާޑުގެ ހާއްސަ ފީޗާތަކުގެ ތެރޭގައި ހިމެނެނީ:
- ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެ، މިގޮތުން 3,200 ޑޮލަރު ނެގޭނެ
- ދުވާލެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރުމަށް ދުވާލަކަށް 5,000 ޑޮލަރު ލިބޭނެ
- ވިސާގެ ބައިނަލްއަގުވާމީ އޮފާތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތް ލިބޭނެ
އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާވެސް ލިބޭނެ ކާޑެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް އިންޓަނޭޝަނަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުން. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރެވުނު ކާޑެއް،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް، ކަސްޓަމަރުންނަށް މިހާރު މި ކާޑަށް އެދި ހުށަހެޅޭނެ ކަމަށެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް