މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުގައި ކުރިން ހުންނެވި، ގ.އާބިން ޑރ އާއިޝަތު ރަމީލާ، ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސިއްހީ ހާލަތު ތަން ނުދޭތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ޑރ. ރަމީލާ އިސްތިއުފާ ދެއްވީ އެކެއް ޑިސެމްބަރު 2024 ގައެވެ.
ރަމީލާ އެޗްއާރުސީއެމް އަށް އައްޔަން ކުރަން ރައީސް މަޖިލީހަށް ފޮނުއްވީ، އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު 30 ނޮވެމްބަރަށް ހަމަވާތިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮވުމުން، އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެޗްއާރުސީއެމްގެ މެންބަރުކަަމަށް ރަމީލާ އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމަށް އެދި ކޮމިޓީގެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ ވަޑައިގެން ތިއްބެވި 65 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް