ބޮލީވުޑްގެ ސުޕަސްޓާރު އަކްޝޭ ކުމާރު، މަޝްހޫރު ޑައިރެކްޓަރު އަނީސް ބާޒްމީއާއެކު އާއިލީ ކޮމެޑީ ޑްރާމާ ފިލްމެއްގައި ގުޅިގެން މަސައްކަތް ކުރަން ތައްޔާރުވެއްޖެއެވެ. މިފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ހަމަޖެހިފައިވާކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
އަކްޝޭއަށް ފާއިތުވި ދުވަސްތަކުގައި ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިދިޔަ އަހަރު ނެރުނު "ސްކައި ފޯސް" އަދި "ކޭސަރީ ޗެޕްޓަރ 2" އިން އޭނާގެ މޮޅު އެކްޓިންއަށް ތައުރީފު ލިބުނުއިރު، "ހައުސްފުލް 5" އަދި "ޖޮލީ އެލް.އެލް.ބީ 3" އިން އޭނާގެ ކޮމިކް ޓައިމިން އިން ވަނީ ބެލުންތެރިން ހެއްވައިލައިފައެވެ. އޭނާ މިހާރު އަންނަނީ 2026-2027 އަށް ވަރަށް ވަރުގަދަ ފިލްމުތަކެއްގެ ލައިންއަޕެއް ރާވަމުންނެވެ. އެގޮތުން، ޕްރިއަދަރުޝަންއާއެކު ތިން ފިލްމެއް ކަމަށްވާ "ބޫތު ބަންގްލާ"، "ހައިވާން"، އަދި "ހޭރާ ފޭރީ 3"ގައި އަކްޝޭ ފެނާނެއެވެ. މި ތިން ފިލްމުގެ ތެރެއިން ފުރަތަމަ ދެ ފިލްމު އަންނަ އަހަރު ނެރޭން ވަނީ ނިންނމައިފައެވެ. މީގެ އިތުރުން "ވެލްކަމް ޓު ދަ ޖަންގަލް" ވެސް އަކްޝޭގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ހިމެނެއެވެ.
އަކްޝޭ އަދި އަނީސް އަލުން ގުޅިގެން "ރާމް އައުރު ޝިޔާމް" ކިޔާ ޑަބަލް ރޯލް ކޮމެޑީ-ޑްރާމާއެއް ހަދާނެ ކަމަށް އަޑުތައް ފެތުރިފައި ވީނަމަވެސް، ހަބަރުތައް ބުނާ ގޮތުގައި، މި ދެމީހުން ގުޅިގެން މަސައްކަތް ކުރަނީ އެ ފިލްމަކު ނޫނެވެ. އަކްޝޭ ކުމާރު އަނީސް ބާޒްމީއާއެކު ގުޅިގެން މަސައްކަތް ކުރަނީ އާއިލީ ކޮމެޑީ ޑްރާމާ އުފެއްދުމަށެވެ. މިހާތަނަށް ނަން އާންމުކޮށްފައި ނުވާ މި ފިލްމު ޕްރޮޑިއުސް ކުރަނީ މަޝްހޫރު ތެލިނގު ފިލްމު ޕްރޮޑިއުސަރު ދިލް ރާޖޫ، އޭނާގެ ބެނާ "ސްރީ ވެންކަޓޭޝްވަރާ ކްރިއޭޝަންސް" ގެ ދަށުންނެވެ.
ފިލްމު މިހާރު އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައެވެ. ޝޫޓިން ފެބްރުއަރީގައި ފަށަން އޮތްއިރު، ފިލްމުގެ އަންހެން ލީޑާއި އަނީސް ބާޒްމީގެ ފިލްމުތަކުގެ އެއް ސިފައެއް ކަމަށްވާ ވަރުގަދަ އެންސެމްބަލް ސަޕޯޓިން ކާސްޓުން ހޮވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ޑައިރެކްޓަރު އަނީސް އެންމެ ފަހުން ރިލީޒްކުރީ 2024 ގެ "ބޫލް ބުލައިޔާ 3" އެވެ. އޭނާގެ ކުރީގެ ޕްރޮޖެކްޓެއް ކަމަށްވާ "ނޯ އެންޓްރީ 2" (ވަރުން ދާވަން، ދިލްޖީތު ދޯސަންޖް، އަދި އަރުޖުން ކަޕޫރު ބަތަލުންގެ ގޮތުގައި ހިމެނޭ) ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އާއިލީ ކޮމެޑީ ޑްރާމާއަކީ އަކްޝޭ އަދި އަނީސް ގުޅިގެން މަސައްކަތްކުރާ ހަތަރުވަނަ ފިލްމެވެ. ކުރިން މި ދެމީހުން ވަނީ 2007 ގެ "ވެލްކަމް"، 2008 ގެ "ސިންގް އިޒް ކިންގް"، އަދި 2011 ގެ "ތެންކް ޔޫ" ފަދަ ފިލްމުތަކުގައި ގުޅިގެން މަސައްކަތްކޮށްފައެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު