ކ. ތުލުސްދޫން އެންމެ ފުރަތަމަ ބޯހިޔާވަހިކަން ދޭނީ ތުލުސްދޫ މީހުންނަށް ކަމަށާއި ތުލުސްދުއަށް ބަދަލުވާ މީހުންނަށް ބޯހިޔާވަހިކަން ދޭނީ އެއަށްފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ތުލުސްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އާބާދީ އެއްފަސް ކުރުމުގައި ތުލުސްދޫއަކީ ކާމިޔާބު ރަށެއް ކަމަށެވެ.
"މި ރަށަކީ އާބާދީ އާއި އެއްފަސްކުރުމުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ރަށެއް. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ތަރުހީބުދޭ ވެލްކަމްކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއްކަން އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވިއެވެ.
"އޭގެ އިތުރަށް ދެން ޖާގަ އޮތް މިންވަރަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންވަނީ އިތުރަށް ވެސް އާބާދީ އާއި ތަަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުތައް މި ރަށުގައި ހިންގަން. އެކަން ކުރިއަށް ގެންދާނީ މި ރަށުގެ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލާ އެއްގޮތަށް."
އެ މަނިކުފާނު ވިދާޅުވީ ތުލުސްދޫގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ހުޅަނގު ފަރާތުގައި އިތުރު ބަނދަރެއް އެޅުމާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗަކާއި ޑޮލަރު އޭޓީއެމްއެއްވެސް ތުލުސްދޫގައި ގާއިމުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު