ޅ. ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާސްންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުރުފުޅު ގެތެރެއިން މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ނައިފަރު ކައުންސިލު މެންބަރުންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތުގެ ތެރޭގައި 44.80 ހެކްޓަރުގެ ބިންހިއްކުން، 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަނަޓް ޖެހުން، 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 679.03 މިލިޔަން ރުފިޔާއަށް 630 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.
6000 މީހުންގެ އާބާދިއެއް ދިރިއުޅޭ ނައިފަރަކީ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު ރަށެކެވެ. މިއަދު ފެށި ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުމުން އެ ކަމަށް ހައްލު ލިބި، ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމުގެ ސަބަބުން އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުންތައް ލިބޭނެ ކަމަށް އެމްޓީސީސީން ގަބޫލުކުރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު