ބޮލީވުޑްގެ މަޝްހޫރު ފަންނާނު އަދި ޓެލެވިޒަން ޕާސަނަލިޓީ މަލައިކާ އަރޯރާގެ އުމުރާ ބެހޭ ގޮތުން ބަޔަކު ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައި، މަލައިކާ އަމިއްލައަށް އޭނާގެ އުމުރު ސާފުކޮށްދީފިއެވެ. އޭނާ ވަނީ 50 ވަނަ އުފަންދުވަސް ފާހަގަކުރި ހަފުލާތަކުގެ ތެރެއިން ގިނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފައެވެ.
މަލައިކާގެ އުމުރާ ބެހޭގޮތުން ސުވާލު އުފެދުނީ، ބައެއް ފަރާތްތަކުން 2019 ވަނަ އަހަރު މަލައިކާ ފާހަގަކޮށްފައިވަނީ އޭނާގެ 46 ވަނަ އުފަންދުވަސް ކަމަށް ބުނެ ހިއްސާކުރި ޕޯސްޓުތަކެއްގެ ސަބަބުންނެވެ. މީގެ ސަބަބުން މިހާރު އޭނާއަށް 52 އަހަރު ވާނެކަމަށް ބައެއް މީހުން ބުނަމުންދިޔައެވެ.
ނަމަވެސް، މަލައިކާގެ ކޮއްކޮ އަމްރިތާ އަރޯރާވެސް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މަލައިކާއަށް 50 އަހަރު ފުރިއްޖެކަން ވަނީ ސާފުކޮށްދީފައެވެ. އަމްރިތާ ލިޔެފައިވަނީ "50 އަހަރުވުމަށްޓަކައި އެތައް އަހަރެއް ވަންދެން ހޭދަކުރި ނަމަވެސް، މިހާރު އެންމެ ފަހުން އަހަރެންގެ ރީތި ދައްތައަށް 50 އަހަރު ވެއްޖެ،" މިހެންނެވެ.
ގޯއާގައި ފާހަގަކުރި އުފަންދުވަހުގެ ހަފުލާގައި މަލައިކާ ފެނިފައިވަނީ ރީނދޫ ކުލައިގެ ހެދުމެއްގައެވެ. އާއިލާގެ މެންބަރުންނާއި ރައްޓެހީންނާއެކު އުފާވެރިކަމާއެކު ކޭކުތައް ކަފައި، އުފާފާޅުކުރާ މަންޒަރުތައް ފޮޓޯތަކުން ފެނެއެވެ. މި ހަފުލާގައި އޭނާ ވަނީ ކަޅާއި ހުދުގެ ޕޮލްކާ-ޑޮޓް ހެދުމެއް، ފިޔާތޮށި ކުލައިގެ ހެދުމެއް އަދި ރަން ކުލައިގެ ގައުންއެއްވެސް ލައިފައެވެ.
އުފަންދުވަހުގެ ފޮޓޯތަކާއެކު މަލައިކާ ލިޔެފައިވަނީ "އަހަރެންގެ ހިތް މިވަނީ ފުރިފައެވެ. މި ލިބުނު ހުރިހާ ލޯތްބަކަށް، ހުށަހެޅުންތަކަށް އަދި އަހަރެންގެ 50 ވަނަ އުފަންދުވަސް ހާއްސަކޮށްދިނީތީ ހުރިހާ އެންމެނަށް ޝުކުރިއްޔާއެވެ. މިފަދަ ރީތި ހަފުލާއެއް ރާވައި ތައްޔާރުކުރުމަށް އެހީތެރިވި ފަރާތްތަކަށާއި، އަހަރެންނާއެކު އުފާފާޅުކުރި އެކުވެރީންނަށް ޚާއްސަ ޝުކުރެއް އަދާކުރަން!" މިހެންނެވެ.
މަލައިކާގެ އުފަންދުވަހުގެ ހަފުލާގައި އޭނާގެ މަންމަ ޖޯއިސް ޕޮލިކާޕް، ކޮއްކޮ އަމްރިތާ އަރޯރާ އަދި ދަރިފުޅު އަރްހާން ޚާން ބައިވެރިވެފައިވެއެވެ. މަލައިކާ އެންމެފަހުން ވަނީ ޖެސްމިން ސަންޑްލާސް ކިޔާފައިވާ "ޕޮއިޒަން ބޭބީ" ކިޔާ ލަވައަކުން ފެނިފައެވެ. އޭނާ އަންނަނީ "އިންޑިއާސް ގޮޓް ޓެލެންޓް" ރިއަލިޓީ ޝޯގެ ޖަޖެއްގެ ގޮތުގައިވެސް ހަރަކާތްތެރިވަމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް