ޅ. ނައިފަރުގައި 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.
އެޗްޑީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ކ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައެވެ.
އެޗްޑީސީއާ އެ މަޝްރޫއު ހަވާލުކުރުމަށް ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ނައިފަރުގައި 400 ހައުސިން ޔުނިޓު ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެގޮތުން މިރޭ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ އިތުރުން ވެސް 100 ހައުސިން ޔުނިޓުގެ މަސައްކަތް ދާދި އަވަހަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ވެސް 400 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށާއި އެހެންކަމުން މި ދައުރުގެ ތެރޭގައި ޖުމުލަ 800 ހައުސިން ޔުނިޓުގެ މަސައްކަތް ނައިފަރުގައި ފެށިގެންދާނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އޭގެ ތެރެއިން ގިނަ ޔުނިޓުތަކެއްގެ މަސައްކަތް ނިމިގެންދާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު