ގެއްލުނު ނޭޕާލް އަންހެންމީހާ ފަސްދުވަސް ފަހުން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެެ.

ނޭޕާލްގެ ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމާ (19އ)، މިމަހުގެ 21ވަނަ ދުވަހު، މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް މިމަހުގެ 23 ވަނަ ދުވަހުގެ އިރުއޮއްސި 06:56 އެހާއިރު ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

ޕޫރްނިމާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި ހުރިހާ ޑިޕާޓްމެންޓުތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެކްސްގައި މިއަދު ބުނީ ޕޫރްނީމާ މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.