އިންނާނެ ކުއްޖަކު ގެނެސްދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި އޭގެ ބޭނުންކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ރ.ހުޅުދުއްފާރު ސަރާ މުހައްމަދު އަހްސަންގެ މައްޗަށް ދައުލަތުން ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، އެކިދުވަސް މަތީން ރ.ހުޅުދުއްފާރު މީނާޒް އިބްރާހީމް މުހައްމަދު ކައިވަނި ކުރާނެ މީހަކު ހޯދައިދޭނެ ކަމަށާއ،ި އިބްރާހީމް މުހައްމަދާ ކައިވަނި ކުރަން އާއިޝަތު ކިޔާ ކުއްޖެއް ހުރިކަމަށާއ،ި އިބްރާހީމް މުހައްމަދާ ކައިވެނިކުރަން އޭނާ ގަބޫލު ކަމަށާއި ކައިވެނިކުރުމަށްޓަކައި ހުޅުދުއްފާރަށް އާއިޝަތު ގެނެސްދޭނެ ކަމަށާއ،ި އާއިޝަތުގެ ބޭނުންތަކަށް ފައިސާ ބޭނުން ވާ ކަމަށްބުނެ މަކަރާއި ހީލަތުން އިބްރާހީމް މުހައްމަދުގެ އަތުން 16000 ހޯދައި އޭގެ ބޭނުންކޮށްފައިވާ ކަމަށެވެ.
ދައުލަތުން ކުރި ދައުވާއަށް މުހައްމަދު އަހްސަން ވަނީ އިއުތިރާފު ވެފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ސުވާލު ކުރުމުންވެސް، އެއްވެސް މަޖުބޫރުކަމެއް ނެތި ބިރުދެއްކުމެއް ނެތި ބުއްދި ސަލާމަތުންހުރެ އަމިއްލަ އިހުތިޔާރުގައި އެކަމަށް އިއުތިރާފުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އެހެންކަމުން އިންނާނެ މީހަކު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި އެ ފައިސާ ބޭނުންކޮށްފައި ވާތީ، މަކަރާއި ހީލަތް ހެދުމުގެ ކުށުން މުހައްމަދު އަހްސަން ކުށްވެރިވާ ކަމަށް ކަނޑައަޅައ،ި މިކުށުގެ އުގޫބާތެއްގެ ގޮތުން ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ރ. އަތޮޅު ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އިބްރާހިމް ޒަކީ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
މަކަރާހީލަތް ހެދި މީހާގެ ފުޓޯނުޖެހުނީތްކީތްވެތޯ؟އެމީހާގެފުޓޯއެއްޖަހާލިނަމައެބާވަތުގެ ކަންތަށް ކުރާމީހުންގެ ފަރާތުން ދިވެހިރައްޔިތުންސަލާމަތްވާންފުރަސަތުލިބޭނެ.
ސައީދު - 8 މަސް ކުރިން