"ތައްމާ" ފިލްމުގައި ލޭއޮހޮރުވުން ގިނަ ވެމްޕަޔަރުންގެ ދުނިޔެއަކަށް ގެނެސްދިނުމަށްފަހު، އެކްޓްރެސް ރަޝްމިކާ މަންދަނާ މިހާރު އަންނަނީ މުޅީން ތަފާތު ދުނިޔެއަކަށް ވަދެ، ލޯތްބާއި ގޮތްނޭނގުމާއި ޖަޒުބާތީ ހަމަނުޖެހުންތަކެއް ކުރިމަތިލަމުންނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމު "ދަ ގާލްފްރެންޑް" ގެ ޓްރެއިލަރ ރިލީޒްކޮށްފައިވާއިރު، މި ޓްރެއިލާއިން ދައްކުވައިދެނީ އަންހެން ކެރެކްޓަރަށް ދިމާވާ ވަރަށް އުނދަގޫ ސުވާލެއް ކަމަށްވާ، އޭނާ ހަގީގަތުގައި ލޯބިވަނީ އޭނާގެ ބޯއިފްރެންޑް ދީކްޝިތު ޝެޓީއާ ހެއްޔެވެ، ނުވަތަ ހަމައެކަނި އޭނާއަށްޓަކައި އުފެދިފައިވާ ހިޔާލަކާ ހެއްޔެވެ؟
މި ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ރާހުލް ރަވިންދްރަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މުހިއްމު ރޯލުތަކުން ފެނިގެންދަނީ ރަޝްމިކާ އާއި ދީކްޝިތު ޝެޓީއެވެ.
ޓްރެއިލާ ފެށިގެން އަންނަނީ ރަޝްމިކާގެ ކެރެކްޓަރު "ބޫމާ" އޭނާގެ ބޯއިފްރެންޑް "ވިކްރަމް" އަށް ވަރަށް ބިރުވެތިކަމާއެކު "ކުޑަ ބްރޭކެއް" ނެގުމަށް ހުށަހަޅާ މަންޒަރަކުންނެވެ. އެހިނދު އޭނާ އަވަހަށް ވިސްނައިދެނީ އެއީ ހަމައެކަނި މަޑުކުރުމެއް ނޫންކަމަށާއި، ހަގީގީ ބްރޭކެއް ކަމަށެވެ. ދެން ފެނިގެންދަނީ ވިކްރަމް ފުރަތަމަ އޭނާއަށް ކައިވެންޏަށް އެދުނު ދުވަހުގެ މަންޒަރެވެ. "މާދަމާ ނޫން އަނެއް ދުވަހަކީ ވަރަށް ރަނގަޅު ވަގުތެއް. އަހަރެމެން ކައިވެނިކުރަމާ ހިނގާ!" އޭނާ ބުނާ މަންޒަރު ފެނެއެވެ.
ޓްރެއިލާ ފަށައިގަންނަނީ ވާހަކައިގައި ލޯތްބަށް އަލިއަޅުވައި، ރަޝްމިކާ އާއި ދީކްޝިތު ތެދުވެރި ހިނިތުންވުންތަކާއި، މަޖާ ވަގުތުތަކާއެކު ވަރަށް ލޯބިން ތިބި ދެމީހުންގެ ގޮތުގައި ދައްކުވައިދެމުންންނެވެ. ނަމަވެސް، މޫޑު އަވަހަށް ބަދަލުވެ، ދެބަސްވުންތަކާއި، ތަފާތުތަކާއި، އާއިލީ މައްސަލަތަކާއި، ރުޅިވެރިކަމާއި، ޝައްކުތަކާއެކު އިތުރަށް މައްސަލަތައް ގޯސްވެގެން ދެއެވެ. ނިމުމަކާ ހަމައަށް އަންނައިރު، ރަޝްމިކާގެ ކެރެކްޓަރު އޭނާގެ ގުޅުމާއި، "ގާލްފްރެންޑް" ގެ ލަގަބާ މެދު ސުވާލުކުރާ މަންޒަރު ފެނެއެވެ.
ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ދީރަޖް މޮގިލިނޭނި އާއި ވިދްޔާ ކޮޕީނީޑީ އެވެ. މިޔުޒިކް ހަދާފައިވަނީ ހެޝާމް އަބްދުލް ވަހާބް އެވެ. ކެމެރާގެ މަސައްކަތް ކޮށްފައިވަނީ ކްރިޝްނަން ވަސަންތު އެވެ. މި ފިލްމުގެ ޓީޒަރ ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ޓީޒަރ ފެށިގެން އައީ ރަޝްމިކާ އޭނާގެ ތަކެއްޗާއެކު ކޮލެޖަށް ވަންނަ މަންޒަރުތަކާއެކު، އޭނާގެ ރީތިކަމަށް ވީޖޭ ދޭވަރަކޮންޑާ ތައުރީފުކުރާ އަޑާއެކުއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖައްސާފައިޗަނީ އަންނަމަހު 7 ގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް