ޒުވާން ދިވެހި ހުނަރުވެރިންނާއެކު ދިރާގު x އައިސިކް މިއުޒިކް ޝޯ މިރޭ 8:00ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އަށްފަހު، މިރޭ ކުރިއަށްގެންދާ މި މިއުޒިކް ޝޯގައި ފޯރިގަދަ ހުނަރުވެރި ދިވެހި ފަންނާނުންތަކެއް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި، ޑީޖޭ މީކާ، ޕްރޮޖެކްޓް ގްރޫވް، ވިނަވި، ޒެޑޭސިސް އަދި ސާދަ ތިރީސް އަށެއް ހިމެނެއެވެ.
އޭގެ އިތުރުން، މި ޝޯ ހިނގަމުންދާ ވަގުތު ދިރާގު ގޭމާސް ގިލްޑިއިން ގޭމިން ހަރަކާތްތަކެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން ބުނީ އެ ހަރަކާތްތަކުގައި އާންމުންނަށް މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި، "ކިންގް އޮފް ހިލް" ޗެލެންޖުގައި ބައިވެރިވެގެން ތިން މެޗުން ޖެހިޖެހިގެން މޮޅުވާ ކުޅުންތެރިންނަށް މިނީސޯގެ ވަން ޕީސް ކަލެކްޝަންގެ ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށެވެ.
ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. އެ ކާޑަކީ، ދުނިޔޭގެ 130 އަށްވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000 އަށްވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބިގެންދާ ކާޑެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ 50 އަށްވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނެއެވެ. ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ އެ ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމުގައިވާ، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 16 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 4،500 އަށްވުރެ ގިނަ ދުވުންތެރިން ވަނީ މި އަހަރު ރަޖިސްޓަރީކޮށްފައެވެ. މި ދުވުމުގެ އިތުރުން، މިއަދު ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުލަގަދަ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ދުވުމުގެ ބައިވެރިންނާއި ފަންނާނުންނާއެކު ދިރާގު x އައިސިކް މިއުޒިކް ޝޯއަކާ އެކުގައެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު