ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާންގެ ދަރިފުޅު، ޑައިރެކްޓަރު އާރްޔަން ޚާން، އިންޑިއާގެ ސުޕަހީރޯގެ ދުނިޔެއަށް ވަންނަން ތައްޔާރުވަމުން އަންނަކަމަށް ބެލެވޭ ހަބަރުތަކެއް ދައުރުވާން ފަށައިފިއެވެ.
އެގޮތުން އާރްޔަންގެ ފުރަތަމަ ޑައިރެކްޝަން މަސައްކަތް ކަމަށްވާ 'ދަ ބޭޑްސް އޮފް ބޮލީވުޑް' އަށް ގިނަ ބައެއްގެ ތަރުހީބު ލިބުމާއެކު، އާރްޔަން ވަނީ ރާޖު ކޮމިކްސްއަށް 'ސުޕަރ ކޮމާންޑޯ ދުރޫވާ' ގެ ފިލްމު ޑައިރެކްޓް ކުރުމަށް ސޮއިކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ މައިގަނޑު ރޯލު ކުޅުމަށް ތަރި ލަކްޝްޔާ ހަމަޖައްސާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ރެޑިޓް އަދި ޔޫޓިއުބްގައި ފެތުރެމުންދާ ޕޯސްޓްތައް ބުނާގޮތުގައި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު މި ފިލްމުގެ ރަސްމީ ޓީޒާރެއް އަންނާނެ އެވެ. އަދި އޭގެފަހުން މާގިނަ ދުވަހެއް ނުވެ ފިލްމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް