ލ. ގަން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ގަން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެ މަސައްކަތް ކުރިއަށްގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެނެވެ. އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 15,720,000 (15.7 މިލިއަން) ރުފިޔާއަށް 300 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.
އެ މަޝްރޫއުގެ އިތުރުން ލ. އަތޮޅުގެ ތަރައްގީއަށް، ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދިއުމަށް ސަރުކާރުން ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެގޮތުން ގަމަށް ބަލައިލާ އިރު، ގަމުގައި 100 ހައުސިން ޔުނިޓު ހެދުމާއި، މަގުތަކުގެ މަސައްކަތާއި، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އަދި ގަމު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ފާތިމަތު ލިއުޝާ
ލ. ގަން
ލ. ގަން
ލ. ގަން