އިސްލާމީ ދާއިރާގެ މަޝްރޫއުތައް ނިންމަން މިދިޔަ ދެ އަަހަރުގެ ތެރޭގައި 170 މިލިޔަން ރުފިޔާ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް ދޫކޮށްފައިވާ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މައުރޫފު މިނިސްޓަރާ ސުވާލު ކުރެއްވީ، 2023 ސެޕްޓެމްބަރު ތިނެއްގައި 365 ދުވަހުން ނިންމަން ހަވާލުކުރި ބ.ކެންދޫ ހުކުރު މިސްކިތް ނުނިމި ލަސްވުމުގެ ސަބަބުން ކެންދޫ ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެ މިސްކިތް ނިންމުން ލަސްވެފައިވަނީ ކޮން ސަބަބަކާ ހުރެތޯ އާއި، މިސްކިތް ނިންމުން އަވަސްކުރުމަށް ކުރާ މަސައްކަތްތަކާއި، މިސްކިތް ނިންމައި ހުޅުވޭނެ ދުވަހެއް އޮޅުން ފިލުއްވުމަށެވެ.
މި ސުވާލާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިސްކިތް އިމާރާތްކުރުމުގެ އަދި އިމާރާތް ކުރުމުގެ އެއްވެސް ތަޖުރިބައެއް ނެތް ކުންފުންޏަކާ އެ މިސްކިތުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން ކަމަށެވެ.
ނަމަވެސް އެ މިސްކިތުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 2.3 މިލިޔަން ރުފިޔާ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިސްކިތުގެ މަސައްކަތް ކުރިއަށް ނުދިއުމުން އެ ކުންފުންޏާއެކު ވެފައިވާ އެގްރީމެންޓް ބާތިލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހުރިހާ މަޝްރޫއެއް ނިންމުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށެވެ.
"އެގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި 170 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވީ ދޫކޮށްފަ އެއީ މަޝްރޫތަކަށް،"
އިބްރާހިމް ޒަކީ
ޚަބަރު
ޚަބަރު
ޚަބަރު