މޫސުން ރަނގަޅު ވާން ފަށާނީ އާދިއްތަދުވަހު ކަމަށާއި ކުރިޔަށް އޮތް ހަފުތާބަންދުގައިވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މީޓިއޮރޮލޮޖިސްޓް މުހައްމަދު ޝަހުދު "ވަން" އަށް މިއަދު ވިދާޅުވީ މާދަމާ އާއި ހަފުތާ ބަންދު ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވަހި ގަދަ ވެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
"ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ، ވައި ގަދަކޮށް ކަނޑުތައް ގަދަކޮށް އުޅެނީ. އާންމުކޮށް އުޅެނީ 15 މޭލާއި 25 މޭލާ ދެމެދުގައި. ވިލާގަނޑުގައި 45 މޭލުގައި. ހަމަ ހުރިހާ ސަރަހައްދަކަށްވެސް ކަނޑުތައް ގަދަކޮށް އުޅެނީ. ހޮނިހިރު ހިސާބުން ފެށިގެން މޫސުން ތަންކޮޅެއް ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވޭ. ހޮނިހިރު ދުވަހުވެސް ވައިދަދަކޮށް އުޅެނީ، ގާތްގަނޑަކަށް 13 މޭލާއި 23 މޭލާ ދޭތެރޭގަ. ނަމަވެސް އެހާ ހިސާބުން ފެށިގެން ވާރޭ ވެހުން މަދުވެގެން ދާނެ." ޝަހުދު ވިދާޅުވިއެވެ.
އެންމެ ގަދަޔަށް ވިއްސާރަކުރަނީ މެދުރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ކަމަށާއި އެއީ މިރެއާ އެކު މިރޭ ފަތިހުގެ ވަގުތާ ހަމަޔަށް ކަމަށް މެޓުން ބުނެއެވެ. މާލެ ސަރަހައްދަށްވެސް މިރޭ ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި ފެންބޮޑުވުމުގެ ފުރުސަތުވެސް ކޮންމެވެސް ވަރަކަށް އެބައޮތް ކަމަށް ޝަހުދު ވިދާޅުވިއެވެ.
މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވެސް ޝަހުދު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ