މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް މުހައްމަދު ފަރުސަތާއި ސަފާ ޝަފީގާއި އާމިނަތު ސަރާހަތު އައްޔަންކޮށްފިއެވެ.
އެ މެންބަރުންނަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރުހުންދީފައެވެ.
ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މި ކޮމިޝަނަށް މީޑިއާތަކުން ހޮވަން ޖެހޭ މެންބަރުން ވަނީ މިހާރު އިންތިހާބުވެފައެވެ. އެ އަދަދަށް ކުރިމަތިލާފައިވުމުން، އެ ހަތަރު މެންބަރުން އިންތިހާބުވެފައިވަނީ ވޯޓަކާ ނުލައެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހޮވުނު އިންތިހާބީ މެންބަރުން
- އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫ
- ސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
- ހުސައިން ޘަގީފް، ހިސާން / ހދ. ވައިކަރަދޫ
އާއިޝަތު މާހާ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން