ލ. މާމެންދޫ ތަރައްގީގެ ތިން މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާމެންދޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި މާމެންދޫ ބަނދަރު ތަރައްގީ ކުރުމާއި އެރަށު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެ މަޝްރޫއުތަކުގެ މަސައްކަތު އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ.
މާމެންދޫ ބަނދަރު ތަރައްގީ ކުރުން އެމްޓީސީސީއާ ހަވާލުކުރީ 67.87 މިލިޔަން ރުފިޔާއަށް 400 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 70،674 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުން.
- 354 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން.
- 307 ސަރަހަައްދެއްގައި ބަނދަރު ބޭރު ތޮއްޓެއްލުން.
- 26 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރު ތޮއްޓެއްލުން.
- 24 މީޓަރުގެ ސަރަހައްދެއްގައި މޫދު އަޑިޔަށްވާގޮތަށް ބޭރުތޮއްޓެއްލުން.
- 88 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
- 1715 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
- ބަނދަރު ބައްތި ހަރުކުރުން.
މާމެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 259.19 މިލިޔަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމައި ހަވަލުކުރާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 21،60 ހެކްޓަރު ސަރަހައްދެއްގެ ބިން ހިއްކުން.
- 2426 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
- 249 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުން.
- 282 މީޓަރުގެ ސަރަހައްދެއްގައި އުސް ބޭރުތޮއްޓެއްލުމުގެ މަސައްކަތް.
ފާތިމަތު ލިއުޝާ
ލ. މާމެންދޫ
ލ. މާމެންދޫ
ލ. މާމެންދޫ
ލ. މާމެންދޫ