ލަންކާގެ ޔުނިވަސިޓީއެއްގައި ހަމަނުޖެހުން ހިންގުމުން 20 ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ޔުނިވަސިޓީ އޮފް ރުހުނާގެ ފެކަލްޓީ އޮފް އެގްރިކަލްޗާގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އަނިޔާވެގެން ހަ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެ މައްސަލައިގައި 20 ކުއްޖަކު ހައްޔަރުކޮށްފައިވަނީ ޔުނިވަސިޓީ ތެރޭގައި އިއްޔެގެ ވަގުތެއްގައި ހަމަނުޖެހުން ހިންގައި މާާރާމާރީ ހިންގުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުން ހިނގާފައިވަނީ ދެ ގުރޫޕެއްގެ މެދުގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަން ޔުނިވަސިޓީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ހާދިސާއާ ގުޅިގެން ޔުނިވާސިޓީން ވަނީ އެ ހަމަނުޖެހުމުގައި ބައިވެރިވި ދެ ގުރޫޕު ހިމެނޭ ގްރޭޑުގެ ދަރިވަރުން ފެކަލްޓީގެ ބޭރަށް ނެރެފައެވެ. ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޔުނިވަސިޓީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ