ތަރައްގީގެ މަޝްރޫއުތައް މިހާރު މެކުހަށް ޖަހާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ މިހާތަނަށް އެންމެ ކާމިޔާބު ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއެކު މިރެއަކީ ފޮނަދޫގެ ތާރީހުގައި އާ ސަފުހާއެއް ލިޔެވިގެންދިޔަ ރެއެއް ކަމަށާއި އެ ތާރީހުގައި ރައީސް މުއިއްޒުގެ ނަން ރަން އަކުރުން ލިޔެވިގެންދާނެ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވެދާނެ ކަމަށް ބަލައި އަތްޖަހަން ތައްޔާރަށް ކަމަށާއި ޕީއެންސީގެ ވެރިކަން ވެއްޓިގެންދާނެ ކަމަށް ބަލައި، ވާދަވެރިން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ. ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމާއެކު ކުރިއަށް ވަޑައިގެން، ވެރިކަމަށް ދެ އަހަރު ވެގެންދާ އިރު، ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ސަރުކާރަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ އިރާދަކުރެއްވިއްޔާ މިހާތަނަށް ދިވެހިރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން. އެކަމަކު އެ ކާމިޔާބު އަޅުގަނޑުމެންނަށް ހޯދޭނީ ތިޔަ ހުރިހާ ރާއްޖޭގެ އެންމެހައި ރައްޔިތުން އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް އެމަނިކުފާނާ އެކީގައި ސާބިތުވެ ތިއްބަވައިގެން. އެމަނިކުފާނު އެދިވަޑައިގަންނަވާ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވައިގެން،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ގަދަ ކަނޑުގައި ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ވަޑައިގެންނެވުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި ގައުމަށް ހިދުމަތް ކުރުމުގެ ޖޯޝާއި ރޫހު އޮތް މިންވަރު ކަމަށެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ