ލ. މާވަށުގައި ބީއެމްއެލުން އާ ގޮތްޕެއްގެ ބިންގާ އަޅައިފި އެވެ.
މާވަށު ބީއެމްއެލް ގޮފީގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ބީއެމްއެލް އޭޓީއެމް ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި ބީއެމްއެލެގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އަދި ބީއެމްގެ ސީއީއޯ މުހައްމަދު ޝަރީފް އަދި މާވަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސާވިސް ބޭންކިން ސެންޓަރު، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ފާތިމަތު ލިއުޝާ
ލ. މާވަށު
ލ. މާވަށު
ލ. މާވަށު
ލ. މާވަށު