ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެއްޖެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ ގދ. އަތޮޅުގެ ފަސް ރަށަކަށާއި މ. އަތޮޅުގެ ދެ ރަށަކަށާއި ގއ. ލ. ހދ. ސ. ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން އެއްރަށަކަށާއި ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައިވާ ރަށްތައް:
1. ގދ. މަޑަވެލި.
2. ގދ. ހޯނޑެއްދޫ.
3. ގދ. ނަޑެއްލާ.
4. ގދ. ރަތަފަންދޫ.
5. ގދ. ފަރެސްމާތޮޑާ.
6. ގއ. މާމެންދޫ.
7. ލ. މާވައް.
8. ހދ. ނޮޅިވަރަންފަރު.
9. ކުޅުދުއްފުށި ސިޓީ.
10. ސ. މަރަދޫ.
11. ރ. ފައިނު.
12. މ. ދިއްގަރު.
13. މ. މަޑުއްވަރީ.
14. ފުވައްމުލައް ސިޓީ
"މި ރަށްތަކުގެތެރެއިން ކުޅުދުއްފުށީ އެއް ގެެޔަކަށް ގެއްލުން ލިބިގެން އެ ގޭގައި ދިރިއުޅޭ މީހުން އެހެން ގެޔަކަށް އެއް ދުވަހަށް ބަދަލުކޮށްފައި. އިތުރު އެއްވެސް ރަށެއްގެ ގެޔަކުން މީހުން ނެރެން ޖެހޭ ހާލަތަކަށް ގޮސްފައެއް ނުވޭ. ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް ލިބިފައިވާ ގެއްލުންތަައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިހާރު ދަނީ ކުރަމުން." އެންޑީއެމްއޭއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް