ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ އައިލެންޑް ރިސޯޓުގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި މަހަކީ ދުނިޔޭގެ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހަށް ކަމަށްވާ އިރު، ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން، އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަނެއް މިދިޔަ ހުކުރު ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޑރ. އައިޝަތު ރިފްގާ ޝާހިދު އަދި ޑރ. އައިޝަތު މާރިޔާގެ އެހީތެރިކަމުގެ ދަށުން ކުރިއަށްގެންދިޔަ އެ ސެޝަންގައި، އުރަމަތީ ކެންސަރުގެ ފުރަތަމަ އަލާމާތްތަކާއި، އަމިއްލައަށް ތަހުލީލުކޮށް ދެނެގަންނާނެގޮތާއި، އެޅޭނެ ފިޔަވަޅުތަކާ ބެހޭ މުހިންމު މައުލޫމާތު ހިއްސާކުރެވުނު ކަމަށެވެ.
ކުރެއްދޫގެ ޖުމުލަ 30 މުވައްޒަފުން އެ ސެޝަންގައި ބައިވެރިވިއެވެ. އެ ސެޝަންތަކުގެ ސަބަބުން މުވައްޒަފުންނަށް މުހިންމު ސިއްހީ މައުލޫމާތު އެމީހުންގެ މަސައްކަތުގެ މާހައުލުގައި ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދިޔަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްހަތު ކުރިއެރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދިވެހި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. އެ ހަރަކާތަކީ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދެކެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއިއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް