ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ރީލޯޑް ކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ޕްރޮމޯޝަންގެ ހާއްސަ އިނާމުތަކަކީ:

  • ކޮންމެ ދުވަހަކު 100ޖީބީ ޑޭޓާ
  • އައިފޯން 17 ޕްރޯ
  • ރޭބަން މެޓަ ސްމާޓް ގްލާސެސް
  • ޕީއެސް 5 ޕްރޯ ސީޑީ ވާޝަން
  • ނިންޓެންޑޯ ސްވިޗް

ދރާގުން ބުނީ ދިރާގު އެޕް، ދިރާގު ޕޭ، މައިއެކައުންޓް، އަދި ދިރާގު ޕާޓްނާ ޝޮޕްތައް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ 20 ރުފިޔާއިން މަތިން ރީލޯޑްކޮށްގެން ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށްވެސް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރިޕެއިޑް ޕްލޭންތައް ލިބެން ހުރެއެވެ. ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.