ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެެވެ.
ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަށް އިއްޔެ އައި 6.1 މެގްނިޓިއުޑްގެ ބާރުގަދަ އެ ބިންހެލުމުގައި ލިބުނު ގެއްލުމުގެ މައުލޫތު އަދި ހާމަކޮށްފައި ނުވާއިރު ބިންހެލުމުގެ ލޮޅުމުގެ އަސަރު ހުރީ ކުޑަ ވަގުތުކޮޅަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު އެ ގައުމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. ފިލިޕީންސްގެ ދެ ސަރަހައްދަކަށް އައި ބާރުގަދަ އެ ބިންހެލުންތަކުގައި 8 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލިޕީންސަށް ގާތްގާތުގައި ގިނަ ބިންހެލުންތައް އައިސްފައިވާއިރު އެ ގައުމަށް މި މަހުގެ ކުރީކޮޅު އައި 6.9 މެގްނިޓިއުޑްގެ ބިންހެލުމުގައި 76 މީހުން މަރުވެ 72،000 އަށްވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް