ކޮމަންވެލްތް ގޭމްސް އަށް ގޮސް ފިލި ލަންކާ ކުޅުންތެރިން ހޯދަންފަށައިފިއެވެ.
2022 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވި ކޮމަންވެލްތް ގޭމްސްގައި ބައިވެރިވުމަށް ދިޔަ ލަންކާގެ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ފިލާފައިވާއިރު އެ ކުޅުންތެރިން ހޯދަން ލަންކާގެ ކޯޓުން ވަނީ އަމުރެއް ކޮށްފައެވެ.
ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ފިލާފައިވާ ކުޅުންތެރިން ހޯދަން ރެޑް ނޯޓިސް ނެރުމުގެ އިތުރުން އެ ކުޅުންތެރިންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ.
ރިޕޯޓުތައް ބުނާގޮތުން 2022 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް އަށް ލަންކާއިން އިނގިރޭސިވިލާތަށް ދަތުރުކޮށްފައިވަނީ 116 ކުޅުންތެރީންނެވެ. އެ ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިޔަކު އެނބުރި ގައުމަށް އައިސްފައި ނުވާކަމަށާއި އެމީހުން ބައިވެރިވާން ޖެހޭ ކުޅިވަރުތަކުގައި ބައިވެރިވެސް ވެފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ތަހުގީގު ކުރި އޮފިސަރު ވަނީ ލަންކާ ޓީމުގައި ހިމެނޭ 10 ކުޅުންތެރިން އިނގިރޭސިވިލާތަށް ގޮސް ފިލާފައިވާކަމަށާއި އެމީހުން ޔޫކޭގައި ދިރިއުޅެމުން އަންނަ ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެފައެވެ.
އޮފިޝަލުން ބުނެފައިވަނީ ކުޅުންތެރިން ފިލުމުގެ ސަބަބުން އެތައް މިލިއަން ރުޕީސް ސަރުކާރަށް ގެެއްލުން ވެފައިވާކަމަށެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ