ކެންޔާގެ އިދިކޮޅު ލީޑަރުގެ ޖަނާޒާގައި ބަޑިޖަހައި ހަތަރު މީހަކު މަރާލައިފިއެވެ.
ހާޓް އެޓޭކެއް ޖެހި އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދަނިކޮށް އަވަހާރަވެފައިވާ ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާގެ ހަށިކޮޅު ކެންޔާއަށް ގެންގޮސް ޖަނާޒާގެ ކަންކަން ބާއްވާފައިވަނީ ވެރިރަށް ނައިރޯބީގެ ސްޓޭޑިއަމެއްގައެވެ.
އޮފިޝަލުން ވަނީ އާންމުންގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ އިތުރުން ކަރުނަ ގޭސްވެސް ބޭނުން ކުރިކަމަށާއި އެއްވެ ތިބި މީހުން ކޮންޓްރޯލް ނުވުމުން ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅާފައިވާކަމަށް ބުނެފައެވެ.
އެ ހާދިސާގައި ހަތަރު މީހަކު މަރުވެފައިވާކަމަށް ހަބަރުތައް ބުނާއިރު އެކަން ޔަގީން ނުވާކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.
މިދިޔަ ބުދަ ދުވަހު އަވަހާރަވި އޮޑިންގާގެ ހަށިކޮޅު ހާއްސަ ފްލައިޓެއްގައި ކެންޔާއަށް ގެންގޮސްފައިވާއިރު އާންމުންނަށް އެ ތަން ހުޅުވާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މީހުން ތޮއްޖެހި ހަމަނުޖެހުންތައް ހިނގަން ފެށީކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
އުމުރުން 80 އަަަހަރުގެ އޮޑިންގާ ފާހަގަ ވެފައިވަނީ އެފްރިކާގައި ސިޔާސީގޮތުން ނުފޫޒު ގަދަ އަދި ނުރައްކާތެރި ލީޑަރެއްގެ ގޮތުގައެވެ.
އޮޑިންގާއަކީ ކުރީން ކެންޔާގެ ބޮޑުވަޒީރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އެ ގައުމުގެ ރިޔާސީ އިންތިހާބުތަކުގައި އޮޑިންގާއަށް 5 ފަހަރު ނާކާމިޔާބީއާ ކުރިލައްވަން ޖެހިވަޑައިގެންނެވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ކެންޔަ
ކެންޔަ
ކެންޔަ
ކެންޔަ