ހަމަލާތައް ހުއްޓާލަން ޕާކިސްތާނާއި އަފްގާނިސްތާނުން އެއްބަސްވެއްޖެއެވެ.
އަފްގާނިސްތާނުގެ ތާލިބާނުންގެ ސަރުކާރާއި ޕާކިސްތާނާ ދެމެދު ހިންގަމުންގެންދާ ބޯޑަރު ސަރަހައްދުގެ ހަމަނުޖެހުން ވަގުތީގޮތުން ހުއްޓާލަން އެއްބަސްވެ، އެގޮތައް އަމަލު ކުރަން ފަށާފައިވަނީ އިއްޔެ ހަވީރުން ފެށިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުން ހަމަލާ ބަދަލުކުރުން މަޑުޖައްސާލުމަށް އެއްބަސްވެފައިވަނީ 48 ގަޑިއިރުގެ މުއްދަތަކަށެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައިވާއިރު ދެގައުމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައެވެ.
އަފްގާނިސްތާނުގެ ވެރިކަންކުރާ ތާލިބާނުން ވަނީ އެ ގައުމުން މިހާތަނަށް އާންމުންގެ 12 މީހަކު މަރުވެފައިވާކަމަށާއި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ ފަރުވާދެމުން އަންނަ ކަމަށް ބުނެފައެވެ.
ޕާކިސްތާނުން ވަނީ އެ ގައުމުގެ މިލިޓަރީން ދިން ހަމަލާގައި އަފްގާނުސްތާނުގެ 15 ނުވަތަ 20 މީހުން މަރާލާފައިވާކަމަށް ބުނެފައެވެ.
ތާލިބާނުން ވަނީ ޕާކިސްތާނުގެ މިލިޓަރީގެ 58 މީހުން މަރާލާފައިވާކަމަށް ބުނެފައެވެ. ނަމަވެސް ދެގައުމުން މީހުންމަރުވި އަދަދު ހާމަކުރުމުގައި އޮޅުވާލާފައިވާކަމަށް ބުނެ ދިރާސާކުރާ ފަރާތްތަކުން ވަނީ އަދަދު ޔަގީން ނުވާކަމަށް ބުނެފައެެވެ.
ހަމަލާ ބަދަލުކުރަން ފަށާފައިވަނީ މިދިޔަ ހަފްތާަގައި އަފްގާނިސްތާނުގައި ހިނގި ބޮން ގޮއްވުންތަކުގެ ސަބަބުންނެވެ. އެގޮތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނުން ކަމަށްބުނެ ހަމަލާތައް ފަށާފައިވެއެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ