ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ކުރިއަށްދާ ކަމަށާއި، އެކަމާބެހޭ ހޯދުންތައް މިމަސްތެރޭގައި ކެބިނެޓަށް ހުށަހެޅޭވަރުވާނެ ކަަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މީގެ ކުރީން އޮތް އެމްޑީޕީ ސަރުކާތުން ކަންކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާކަަމަށް ބުނެ އެބައި ހޯދުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށައިފައެވެ. އެބައި ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކަނޑުން ގެއްލުނުބައި ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭޖީ އުޝާމް ވިދާޅުވީ، އޭރުގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެންގޮސްފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ.
އެ މަސައްކަތުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކްސްޕާޓުން ކުއްޔަށް ހިފައިގެން، ކަނޑުގެ މައްސަލައިގެ ކަންތައް ކުރިއަށް ގެންދެވިދާނެ ގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަަމަށްވެސް އުޝާމް ވިދާޅުވިއެވެ.
މިހާރު އެ މަސައްކަތް ގޮސްފައި އޮތް ހިސާބަށް ބަލާއިރު ކަނޑުގެ މައްސަލައާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތައް މި މަސްތެރޭގައި ކެބިނެޓަށް ހުށަހަޅުއްވާނެ ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާބެހޭގޮތުން ގޮތެއް ނިންމުމުން ދެން ކުރިއަށް ގެންދާނެ ގޮތެއް އާއްމު ކުރައްވާނެ ކަަމަށްވެސް ވިދާޅުވިއެެވެ.
ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު، ހިމެނޭހެން ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް، އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެކުލަވައިލައިފައެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިއަހަރުގެ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެ އެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑޫއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑޫއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އެއީ ޗާގޯސްގެ ސީދާ ބައެއްވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އިބްރާހިމް ޒަކީ
އެޓަރނީ ޖެނެރަލް
އެޓަރނީ ޖެނެރަލް
އެޓަރނީ ޖެނެރަލް
އެޓަރނީ ޖެނެރަލް