ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް (ބާ ޓާމިނަލް)ގެ އޮޕަރޭޝަންތައް މާދަމާއިން ފެށިގެން އާ ޓާމިނަލަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެ އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ބަދަލު ގެންނަން ހަމަޖެހިފައިވަނީ، އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލާއި އެތަނާ އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެހެންކަމުން މާދަމާއިން ފެށިގެން އެ ބަދަލާއެކު ބާ ޓާމިނަލާ ދިމާއަށް އޮންނަ އެއާޕޯޓުގެ ޖެޓީ ބޭނުންނުކުރެވޭނެ ވާހަކަ ދަންނަވާ ކަމަށާއި މާދަމާއިން ފެށިގެން އެއާޕޯޓު ޖެޓީ ބޭނުންކުރާ ފަރާތްތަކުން ވަގުތީގޮތުން ބޭނުންކުރާނީ ހަނިމާދޫ ބަނދަރު ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ އެކަމާ ގުޅޭ އެންމެހާ މައުލޫމާތު މިމަހުގެ ނުވަވަނަ ދުވަހު ހަނިމާދޫ ކައުންސިލާއި ކަމާ ބެހޭ އެހެނިހެން ވުޒާރާތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން ވަމުން އަންނަ އިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރުކުރުމަށް ކުރިއަށްގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފައެވެ.
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް