އިސްރާއީލުން ފަލަސްތީނުގެ 2،000 ގައިދީން މިނިވަންކޮށްފިއެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ސުލްހައިގެ ޕްލޭނުގައި ވާގޮތުގެ މަތިން ދެ ފަރާތުން ވެސް އަމަލުކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އިސްރާއީލުން އިއްޔެ ވަނީ ހަމާސްގެ ހައްޔަރުގައި ތިބި އިސްރާއީލުގެ 20 އަސީރުން ދޫކޮށްލުމުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 2،000 ގައިދީން މިނިވަން ކޮށްފައެވެ.
އިސްރާއީލުން އިއްޔެ މިނިވަން ކުރި ގައިދީންގެ ތެރޭގައި އިސްރާއީލުގެ އެކި ސަރަހައްދުތަކުގެ ޖަލުގައި ތިބި ގައިދީން ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލާއި ހަމާސް އިން ޕީސް ޕްލޭނަށް އަމަލުކުރަން ފެށުމާއެކު އެ ޕްލޭނުގެ ދެވަނަ ފޭހުގެ މަސައްކަތް ފެށުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންނާއި މެދުއިރުމަތީ ގައުމުތަކުގެ ލީޑަރުން މިސްރުގައި ވަނީ ސަމިޓެއް ފަށާފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް