ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕްރިމިއަމް ޕާޓްނަރު ކަމުގައިވާ މިނީސޯއާ ގުޅިގެން "ވަން ޕީސް"ގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުން މިއަދު ބުނީ އެ ހަދިޔާއާއެކު 50 ޑޮލަރުގެ ޕްލޭސްޓޭޝަން (ޔޫއެސް) ގިފްޓް ކާޑެއް ވެސް ގުރުއަތުން ހޮވޭ ތިން ނަސީބުވެރި ފަރާތަކަށް ލިބިގެންދާނެ ކަމަށެވެ.

މިއީ، މަގުބޫލު އެނިމޭއެއް ކަމުގައިވާ "ވަން ޕީސް"ގެ މިނީސޯ ކަލެކްޝަން ތައާރަފުކުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ގިވްއަވޭއެއް ކަމަށް ދިރާގުން ބުންޏެވެ.

ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭގޮތް:

  • dgg.mv އަދި soneesports.com އަށް ސައިން-އަޕް ކުރުން
  • ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން
  • ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާކުރުން

ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލައިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ޑީޖީޖީން ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.

އަދި، ޑީޖީޖީން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންކަމަށްވެސް ދިރާގުން ބުންޏެވެ.