ށ. ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮގެ ރަށްތަކަށް ކުރައްްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަސައްކަތު އެއްބަސްވުމުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. ރޯޑްޑިވެލޮޕްމަންޓްގެ ފަރާތުން މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްއެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދާއިރު އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްގީކުރުމަށް މަޖުބޫރު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން ބުނީ އޭގެ ބަދަލުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު، ފެންބޮޑުވާ މަގުތައް ތަރައްގީކުރަން ބައެއް ކައުންސިލްތަކުން ހުށަހަޅާ ކަމަށެވެ އެހެންކަމުން އެފަދަ ރަށްތަކުގައި ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާތިމަތު ލިއުޝާ
ށ. ކަނޑިތީމު
ށ. ކަނޑިތީމު
ށ. ކަނޑިތީމު
ށ. ކަނޑިތީމު