ށ. ކަނޑިތީމު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި އެވެ.

މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މިނިސްޓަރުގެ އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އާއި އަދި އެރަށު ކައުންސިލްުގެ ރައީސް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަަރޭޝަނަށެެވެ.