އަސީރުން ދޫކޮށްލުމުން ގައިދީން މިނިވަން ކުރާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނަށް މައުލޫމާތު ދެމުން އިއްޔެ ވަނީ އެގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ދޫކޮށްލާނީ ހަމާސް އިން ހައްޔަރުކޮށްފައިވާ ހުރިހާ އަސީރުން ދޫކޮށް އެކަން ޔަގީން ވުމުން ކަމަށް ބުނެފައެވެ.
ތަރުޖަމާނު ބުނީ ރޭވިފައިވާ ގޮތަށް ކަންކަން ކުރިޔަށް ދާނަމަ މިއަދުގެ ވަގުތެއްގައި ހުރިހާ އަސީރުން ދޫކޮށްލުމަށް ހަމާސް އިން ނިންމާފައިވާ ކަމަށެވެ.
އިޒްރޭލުން ވަނީ މީގެ ކުރިން އަސީރުން ދޫކޮށްލުމުން އިޒްރޭލުގެ ފޮރެންސިކް ތަޖުރިބާކާރުން އެމީހުން ޔަގީން ކުރުމަށް ހާއްސަ ޓެސްޓެއް ހަދައިފައެވެ.
ތަރުޖަމާނު ވަނީ ހުރިހާ އަސީރުން ޔަގީން ވުމުން ބަސްތަކުގައި ގައިދީންތައް ދޫކުރަމުން ގެންދާނެ ކަމަށް ބުނެފައެވެ.
އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ގާޒާ ޕީސް ޕްލޭންގައި ވާގޮތަށް އިޒްރޭލާއި ހަމާސް އިން އެއްބަސް ވެފައިވާއިރު އެޕްލޭނުގެ ފުރަތަމަ ފޭސްގައި ވާގޮތައް އަމަލު ކުރުމަށް ދެފަރާތުން ވެސް ވަނީ މަސައްކަތް ފަށައިފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް