ސަރުކާރުން ކުރިން ހިންގާފައިވާ ހައުސިން ސްކީމްތަކުން ފްލެޓް ލިބިފަވާ 976 ދެމަފިރިޔަކަށް، ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް ދޭން ހިމަނާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެހެން ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިޔަކު ލިސްޓުގައި ހިމެނޭއިރު، މީގެ ތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓް ލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅައިފައިވާ މީހުންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކަށް ފްލެޓް ނުދީ ވާނެ ގޮތުގެ ގާނޫނީ ލަފާ ދެ ފަހަރު މަތީން ހޯދި ކަމަށާއި ނަމަވެސް ގާނޫނު އޮތްގޮތުން، އެ ފަރާތްތަކަށް ފްލެޓް ނުދީ ވާނެ އެއްވެސް ގޮތެއް އަދި ނެތް ކަމަށެވެ. އަދި އެފަދަ އުސޫލެއްވެސް ހެދިފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ގާނޫނެއް ނުވަތަ އުސޫލެއް ނެތް. 976 ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކުރީގެ ސްކީމުތަކުން ފްލެޓް ލިބިފަ އޮތީ. ސޮއިކޮށް ޕްލޮޓް ކަނޑައަޅާފަ އޮތީ. އެހެންވީމަ މިކަން ހުއްޓުވޭކަށް ނެތް، ދޭން އެބަ މަޖުބޫރުވޭ. އެޗްއާރްސީއެމްއާއެކުވެސް މަޝްވަރާކުރިން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަން އެގޮތަށް އޮތުމުން އެތައް ބައެއްގެ ހައްގު ގެއްލޭ ކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ ހައުސިން އެއްވެސް މަޝްރޫއަކުން ކުރިން ފްލެޓް ލިބިފައި ވާނަމަ ފްލެޓް ނުދޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގެދޮރުވެރިޔާ ފްލެޓްތައް ދެމުން އަންނަނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށާއި އެ ލިސްޓަށް އެއްވެސް މީހަކު އިތުރު ނުކުރާ ކަމަށެވެ.
އަލީ ޔާމިން
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް
ކުރިން އެއޮތީ ޕާރޓީގެ މީހުނަށް ބަހާލާފައި.
ބަޗީ - 8 މަސް ކުރިން
ގޮތި ނުދޭ ރަށްރަށުން ބިމާއިބެހޭ ޤާނޫނު
ޢަލޮ - 8 މަސް ކުރިން