ފައިސާ ދީގެން ގެދޮރުވެރިޔާ ފްލެޓު ލިސްޓަކަށް ނޭރޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ފްލެޓްތަައް ހަވާލުކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބައެއް ފަރާތްތަކުން ފައިސާ ދިނުމުން ފްލެޓް ލިސްޓުގައި ނަން ހިމަނާ ކަމަށް ތުހުމަތުކުރާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
"ފައިސާ ނަގައިގެން މިކަންކޮށްގެން ސްކޭމްކޮށްގެން ލިސްޓަށް އެރިދާނެކަމަށް ސްކޭމް ކުރާ ފަރާތްތަކާ ވާހަކަދައްކައިގެން އެކަން ނުކުރުމަށް އެދެން. ކިތަންމެ ފައިސާއެއް ދިނަސް ނެތް ލިސްޓަކަށް ނޭރޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 15 ނޮވެމްބަރު 2023 ގައި ކުރީގެ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ލިސްޓަށް އެއްވެސް މީހަކު އިތުރުކޮށްފައިނުވާނެ ކަމަށާއި ނަމަވެސް އަސާސީ ޝަރުތުތައް ހަމަނުވާ ފަރާތްތައް އުނިކޮށްފައިވާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ބައެއް މީހުންނަށް ސަރުކާރުގެ އެހެން ހައުސިން މަޝްރޫއަކުންވެސް ފްލެޓް ލިބިފައިވާ ކަމަށާއި ނަމަވެސް ގާނޫނީ ހުރަސްތައް ހުރުމުން އެކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު